ޓެކްނިކަލް މައްސަލައެއް ދިމާވެ ލ. ފޮނަދޫގައި ފެނުގެ ހިދުމަތް އިއްޔެ ކެނޑިފައިވާއިރު އެ މައްސަލަ ހައްލުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިއެވެ.
ފެނަކައިން ބުނީ އެ ރަށުގެ ފެނުގެ ހިދުމަތް މެދުކެނޑުނީ ފޮނަދޫއަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެކުންފުނިން ބޭނުން ކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއާއެކު ފެނަކައިން ބުނީ މިހާރު މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި މިކަމުގައި މޯލްޑިވިއަން އެއަރޯ އިން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެއިތުރުން މިފަދަ ދަނޑިވަޅެއްގައި އެ ރަށު ރައްޔިތުންގެ ކިބައިން ފެނުނު ކެތްތެރިކަމާއި ދިން އެއްބާރުލުމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މިކަމާ ގުޅިގެން ފޮނަދޫ ކައުންސިލުން ބުނީ ފޮނަދޫ ފެނުގެ ހިދުމަތް ކެނޑިފައިވަނީ ފެން ޕްލާންޓުގެ މެމްބްރެއިންއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، އެ މައްސަލަ ދިމާވާތާ ދުވަސްކޮޅެއް މިހާރު ވެއްޖެކަމަށެވެ. އެއާއެކު މި މައްސަލަ ހައްލުކޮށްދެއްވުމުގައި ފެނަކައިގެ ޓީމުން ކުރެއްވި މަސައްކަތައް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އާބާދީގައި 3،000 އަށް ވުރެެ ގިނަ މީހުން އުޅެމުން އަންނަ ފޮނަދޫގައި އިއްޔެ ފެން ލިބުން ހުއްޓުމާއި ގުޅިގެން ގިނަބަޔަކު ވަނީ ޝަކުވާ ވެސް ކޮށްފައެވެ.
ފޮނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ