ހ. ފެންޓޯނިއާގެއިން އަންހެން މީހަކު ވެއްޓުނު ހާދިސާގެ ތަހުގީގަށް އެއްބާރުލުން ނުދޭތީ، އެ ހާދިސާއާ ގުޅުންހުރި ރައުދު އަހުމަދު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވި ގޮތުގައި، އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ ފެންޓޯނިއާގޭގެ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން ފަރާތެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންދެއެވެ. އަދި އާންމުން އުފައްދާ ސުވާލުތަކާ ގުޅިގެން އިތުރަށް ކަށަވަރުކުރުމަށް ސީން ރިކޮންސްޓްރަކްޓްކޮށްގެން ބެލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯ ފުޓޭޖްތަކުން ދައްކާ ގޮތުގައި، ހާދިސާ ހިނގި ވަގުތު ފެންޓޯނިއާގޭގައި ތިބީ ވެއްޓުނު އަންހެން މީހާއާއި ރައުދު އެކަންޏެވެ. އަދި އެ ވީޑިއޯތަކުން އެ ދެމީހުން ގައިގޯޅިވަމުން އުޅުނު މަންޒަރުވެސް ފެންނަން ހުއްޓެވެ.
"ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވޭ. އަދި އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭތީ، ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާނެ،" ޑީސީޕީ ނަވީން ވިދާޅުވިއެވެ. މިހާތަނަށް ރައުދުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ޕާސްޕޯޓު ހިފެހެއްޓުމާއި ފުރުން މަނާކުރުމެވެ.
ރައުދު އަހުމަދަކީ އަންހެން މީހާ ޢިމާރާތުން ވެއްޓުމުގެ ކުރިން، އޭނާއާއެކު ހ. ފެންޓޯނިއާގޭގައި ހުރި ޒުވާނާއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އަންހެންމީހާ ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކުރަން ކޯޓު އަމުރަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ