އަހުމަދު އާބާދު، އިންޑިއާ (އޭޕްރީލް 10) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޭ 58 ލަނޑުން ރާޖަސްތާން ރޯޔަލްސް އަތުން މޮޅުވެ، ގުޖުރާތު ޓައިޓަންސް އިން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އައިޕީއެލްގެ ޗެމްޕިއަންކަން، 2022 ވަނަ އަހަރު ކާމިޔާބުކޮށް ޖެހިގެން އައި އަހަރު ފައިނަލަށް ވެސް ދަތުރުކުރި، ގުޖުރާތުން ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ.
ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ރާޖަސްތާނުން ނިންމީ ހޮވާށެވެ. ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވެގެން 217 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 53 ބޯޅައިން 82 ލަނޑު ހެދި، ސައި ސުދަރްސަން އެވެ. އެ ޓީމުގެ ޖޯޝް ބަޓްލާ އާއި ޝާރުކް ހާން ވަނީ، ކޮންމެ ކުޅުންތެރިއަކު 36 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި ގުޖުރާތުގެ މަހީޝް ތީކްޝާނާ އާއި ތުޝާރު ދޭޝްޕާންޑޭ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނަށް 19.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 159 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 32 ބޯޅައިން 52 ލަނޑު ހެދި، ޝިމްރަން ހިޓްމަޔާ އެވެ. މި އިނިންގްސްގައި ގުޖުރާތުގެ، ޕްރަސިދު ކްރިޝްނާ ތިން ވިކެޓް ނެގި އެވެ. އަދި، ރާޝިދު ހާން އާއި ސައި ކިޝޯރު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.
މިރޭ ކުޅޭ މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ކުޅެނީ ދިއްލީ ކެޕިޓަލްސްއާ އެވެ.
އައިޕީއެލް: ރާޖަސްތާން ބަލިކޮށް ގުޖުރާތު ތާވަލުގެ އެއް ވަނަ އަށް އައިޕީއެލް: ރާޖަސްތާން ބަލިކޮށް ގުޖުރާތު ތާވަލުގެ އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ