ރަޝިއާގެ ކޯޓަކުން މެސެޖިން ޕްލެޓްފޯމް ޓެލެގްރާމް 80،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
އެ ގައުމުގެ ނޫސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކޯޓުން މިގޮތަށް ހުކުމް ކުރީ ރަޝިއާގެ ސަރުކާރު ވައްޓާލައި ޓެރަރިސްޓް ހަމަލާ ދިނުމަށް ގޮވާލައި ޝާއިއުކޮށްފައިވާ ކޮންޓެންޓުތަކެއް ނެގުމަށް ދެކޮޅު ހެދުމުންނެވެ.
މިއީ ޔޫކްރެއިނަށް ވާގިވެރިވުމަށް ދިނުމަށް ނިންމި ހަމަލާތަކަކާ ގުޅޭ ކޮންޓެންޓުތަކެއް ކަމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. އެ ހަމަލާ ދިނުމަށް ގޮވާލީ ރަޝިއާގެ ރޭލު ސްޓޭޝަންތަކަށެވެ.
މިކަމާ ގުޅިގެން ޓެލެގްރާމުން އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.
ދުބާއީގައި ދިރިއުޅޭ ރަޝިއާއަށް އުފަން ޕަވެލް ޑުރޯވް އުފެއްދި މި ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން އަށް އަރާއިރު، ރަޝިއާ، ޔޫކްރެއިން އަދި ކުރީގެ ސޯވިއެޓް ރިޕަބްލިކްތަކުގައި މި ޕްލެޓްފޯމް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެ އެވެ.
މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯތައް ހިއްސާކުރުން ފަދަ ކުށްތަކުގައި ޓެލެގްރާމް ބޭނުންކުރާ މައްސަލާގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޑުރޯވް ހައްޔަރުކުރި އެވެ. އެ ތަހުގީގަށް ފަހު ފްރާންސްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ޑުރޯވް އެނބުރި ދުބާއީއަށް ދިޔައީ މާޗް މަހުގެ ތެރޭގަ އެވެ.
ރަޝިއާގެ ކޯޓަކުން ޓެލެގްރާމް ޖޫރިމަނާކޮށްފި ރަޝިއާގެ ކޯޓަކުން ޓެލެގްރާމް ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ