އޭޑީކޭގެ ހިދުމަތްތައް ފުޅާކުރަން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓާޝަރީ ސިއްހީ ހިދުމަތްދޭ އެއް ހޮސްޕިޓަލް، އޭޑީކޭގެ ހިދުމަތްތައް ފުޅާކުރުމަށް އާ އިމާރާތެއް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ތިން ބަޔަކަށް ނުވަތަ ޓްރާންޗަކަށް ބޮންޑު ވިއްކަން ނިންމާފައިވާއިރު، އޭގެ ފުރަތަމަ ބަޔަށް އިންވެސްޓު ކުރަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން:
އޭގެ މައުލޫމާތު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 'ވިޔަނަ' ޕޯޓަލުން މިހާރު ފެންނާނެ 
ފުރަތަމަ ބައިގެ ގޮތުގައި ވިއްކަނީ 50 މިލިއަން ރުފިޔާ
ތަފްސީލް - ބޮންޑުގެ ކަންތައްތައް ބަލަހައްޓާނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. އެ ކުންފުންޏަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދާނެ މަގުތައް ދައްކައިދިނުމާއި ހިއްސާގެ ބާޒާރުގެ މުއާމަލާތްތައް އިތުރުކުރާނެ ގޮތްތައް ތަނަވަސްކޮށްދޭ ކުންފުންޏެކެވެ.
ކޮންވެންޝަނަލް ބޮންޑެއް
ކޮންމެ އަހަރަކު %8ގެ ފައިދާ 
ބޮންޑުގެ މުއްދަތަކީ ފަސް އަހަރު
މި ބޮންޑު ވިއްކަނީ އޭޑީކޭން ދޭ ހިދުމަތްތައް އިތުރަށްް ތަރައްގީކޮށް، ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޮންޑުގެ ފައިސާ އިން އެ ހޮސްޕިޓަލުން 15 ބުރީގެ އާ އިމާރާތެއް އަޅަން ނިންމާފައިވާއިރު، ސިއްހީ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ބޭނުންވާ އެހެން އިންވެސްޓުމެންޓުތައް ވެސް ކުރާނެ އެވެ.
ހާއްސަކޮށް ސިއްހީ ހިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަށް މަދުކޮށް، އެ ހިދުމަތްތައް ރާއްޖެއިން ދޭން ފެށުމަކީ އޭޑީކޭގެ އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ