މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހު ކޮށްދެއްވައިފި އެވެ.
މި ހަވީރު އޮތް ހަފުލާގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އިފުތިތާހު ކޮށްދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ހިދުމަތް ދެއްވާ ފަރާތްތަކާއި، ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފަ އެވެ.
ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލު ކަމެއް މި ސަރުކާރުން އަންނަނީ ދެއްވަމުންނެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް އެތަން އިފްތިތާހު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
މިގޮތުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ހިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމުން އެ މަސައްކަތަށް އަވަހަށް ނިންމުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ސިފައިންނާއި ހަވާލުކުރެއްވި އެވެ. ސިފައިންނާ ހަވާލުކުރުމުން މަސް ދުވަސްތެރޭ އެ މަސައްކަތް ވަނީ ނިންމާފަ އެވެ.
މި ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެ އެވެ.
އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކޮށްފަ އެވެ. އަދި ފަސް ނަރުހުންނާއި، ހަ ލެބް ޓެކްނީޝަނުން އިތުރު ކޮށްފައިވެ އެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކޮށް އެތަން އިފްތިތާހު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އަދި، އިދާރީ ބަޔަށް ވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށް ވެސް މުވައްޒަފުން ކުރިއަށް ވުރެ އިތުރުކޮށްފައިވެ އެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ހިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުންވެސް ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތައާރަފުކޮށް އެ މީހުންނާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ހިދުމަތް މިހާރު ވަނީ ދޭން ފަށާފަ އެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސާވިސަސް ވަނީ ހަވާލުކޮށްފަ އެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް، ހިދުމަތް ފުޅާކޮށް މުވައްޒިފުން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ