ފިތުރު އީދަށް ރާއްޖެ ދިއްލުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ ރޭ 9:30ގައި އޮންނަ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައްޔިތުންނަށް ދައުވަތު ދެއްވައިފަ އެވެ.
ތަފްސީލް - މާލެ ހިމެނޭހެން އީދަށް ރަށްތައް ދިއްލުމަށް 28 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މީގެ ކުރިން ލޯކަލް ގަވަމެންޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ސަރުކާރުން ނިންމާފައިވަނީ މި އަހަރުގެ ފިތުރު އީދަށް 36 ރަށެއްގައި ލައިޓު ހަރުކޮށް ދިއްލުމަށެވެ.
މިދިޔަ އަހަރުގެ ފިތުރު އީދާއި އަލުހާ އީދުގައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށް އީދު ލައިޓު ޖަހައި ދިއްލާލި އެވެ. ލައިޓުތަކާ އެކު ތަކުބީރު އިވޭނެހެން ސްޕީކަރުތައް ވެސް ހަރުކޮށްފައި ހުއްޓެވެ.
ކައުންސިލުތަކާއި ރަށްރަށުގެ މުއައްސަސާތައް ގުޅިގެން ލައިޓު ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އީދަށް ބޮކިތައް ދިއްލަން ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ރަސްމިއްޔާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ