ޢީދު ދުވަސް ކަނޑައެޅުން: ގިނަ ގައުމުތަކަށް އީދަކީ ހޯމަ ދުވަސް

މި އަހަރުގެ ފިތުރު އީދު ދުވަސް ކަނޑައަޅާ އެކި ގައުމުތަކުން ގަރާރު ނެރެން ފަށައިފި އެވެ.
އެންމެ ފުރަތަމަ ގަރާރު ނެރުނު އެެއް ގައުމަކީ މެލޭޝިޔާ އެވެ. އެ ގައުމަށް އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
އޭގެ ފަހުން ބުރޫނާއީ އާއި އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި ބަންގްލަދޭޝް އިން ވެސް ވަނީ އެ ގައުމުތަކުގެ ނިންމުން އިއުލާނު ކޮށްފަ އެވެ. އެ ހުރިހާ ގައުމަކަށް ވެސް އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
Advertisement
މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ.
ޝައްވާލު މަހުގެ ހަނދާބެހޭ ގޮތުން ގޮތް ނިންމަން ރާއްޖޭގެ ފަލަކީ ކޮމެޓީ މިރޭ ބައްދަލު ކުރާނެ އެވެ. އިޝާ ނަމާދު ފަހުން އަށެއް ޖަހާކަން ހާއިރު ނުވަތަ އޭގެ ކުޑައިރުކޮޅެއްގެ ފަހުން ހަނދާ ބެހޭ ބަޔާން އިއްވާނެ އެވެ. މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަސްތޯ ނުވަތަ ޝައްވާލު މަހުގެ ފަހު ދުވަސްތޯ ކަނޑައަޅާ އެ ބަޔާނުގައި ހާމަކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ