ދެބޭންގެ ޒުވާބެއްގައި ވަޅިން ޖަހައި އެކަކު ޒަހަމްކޮށްލައިފި ދެބޭންގެ ޒުވާބެއްގައި ވަޅިން ޖަހައި އެކަކު ޒަހަމްކޮށްލައިފި

ރ. މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ދެބޭންގެ ދެމެދުގައި މިރޭ ކުރި ޒުވާބެއްގައި ވަޅިއަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި އެވެ.
މަޑުއްވަރީން އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުނީ ހަމަލާ ދީފައި ވަނީ އެ ރަށު ބީޗްހައުސްގެ ދެބޭން ކަމާއި، ޒަހަމްވެފައި ވަނީ މުހައްމަދު މުއީން ކަމަށެވެ.
"މުއީންގެ ބޮލުގެ ދެ ތަނަކަށް ހަމަލާ ދީ ޒަހަމްކޮށްލާފައި އެބަހުރި. މުއީން ބުނަނީ ކަތިވަޅިއަކުންނޭ ހަމަލާ ދިނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މަޑުއްވަރީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިރޭ 3:20 ހާއިރު މުއީން ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިރޭ 10:30 ހާއިރު ހިންގާފައިވާ މި މާރާމާރީއާ ގުޅިގެން، ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން މި މައްސަލައާ ގުޅިގެން އަދި ބަހެއް ނުބުނެ އެވެ.
ހަމަލާ ދިނީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް މަޑުއްވަރީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. ނަމަވެސް އޭނާއަކީ ނަފުސާނީ މައްސަލައެއް ވެސް ހުންނަ މީހެއް ކަމަށް ބުނެ އެވެ.
"މިފަދަ ހަމަލާތައް އޭނާ ކުރިން ވެސް ދީފައި އެބަ ހުރި،" ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ