އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ތަފްސީލް - 5،000ރ.ގެ ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ދިޔަ މި މުބާރާތުގައި 15 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.
އޭގެ ތެރެއިން އެންމެ މޮޅު ތިން ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފަ އެވެ. އެއީ:
ޗެމްޕިއަން: މުހައްމަދު މާއިޝް (2500ރ.)
ދެ ވަނަ: މުހައްމަދު ޔޫހު (1500ރ.)
ތިން ވަނަ: އަޔާން އަހުމަދު (1000ރ.)
ފާހަގަކޮށްލެވޭ - މި މުބާރާތުގެ ސީޒަން 2ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެ އެވެ.
ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދައި ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000ރ.ގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށެވެ.
އުރީދޫގެ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ސީޒަން 1 ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ