އަންނަ މަހު ނިޒާމީ ވޯޓެއް ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ގާސިމް

ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަމަށް ބޭފުޅަކު އިންތިޚާބުކޮށް، އެ ނަތީޖާ ބައިނަލްއަޤްވާމީ ދުނިޔޭން ވެސް ބަލައިގެންފައިވަނިކޮށް އަންނަ މަހު ނިޒާމީ ވޯޓެއް ނެގުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، އަންނަ މަހު 29 ގައި ނިޒާމާ ބެހޭ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަންގައި ވަނީ އެދިފައެވެ. އެ ވޯޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިޚާބު މެދުވެރިކޮށް ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބުކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައިވަނިކޮށް، އިންތިޚާބީ ރައީސާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮން ނިޒާމަކުންތޯ ބެލުމަށް އަލުން ނިޒާމީ ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލްއަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލުތަކާ ވެސް މުޅީން ޚިލާފު ކަމެއް ކަމަށެވެ. އިތުރު ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ