މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި
މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ރީނދޫ ސަމާލު، މެޓް އޮފީހުން ނެރެފިއެވެ. މިރޭ އިރުއޮއްސި 6:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އެ ވަގުތުތަކުގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ބުނެއެވެ. މޫސުން ރީތިކޮށް އޮތުމަށް ފަހު މީގެ ދެ ތިން ދުވަސް ކުރިން ފެށިގެން މާލެއަށް ވެސް ދޭތެރެއަކުން ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދުވެސް އުޑުމަތި ބަނައެވެ. ހއ. އިން އދ. އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު އެހެން ހިސާބުތަކަށް މޫސުން ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ