ޕާޓީއަކާ ނުގުޅި ނިކުންނެވި ސަބަބު އުމަރު ސާފުކޮށް ދެއްވައިފި

"އަޅުގަނޑުމެން މިތިބީ މި ގައުމު ބަދަލު ކުރަން އައިސް،" ރިޔާސީ ރޭހަށް ނިކުންނެވި ސަބަބާއި ގުޅޭގޮތުން އުމަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަނީ އަމިއްލަ ނަފްސަށް ހޯދަން ޖެހޭ ކަމެއް ނެތުމުން ކަމަށާ ބޭނުންފުޅުވަނީ ރާއްޖެ ބަދަލު ކުރެއްވުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މިރޭ މާލެ ސިޓީގެ ވޮއްކޮޅު ގޯޅީގައި ބޭއްވި ނެއިބާ ހުޑް ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ ބޮޑު ސިޔާސީ ޕާޓީއެއްގެ ފަހަތުގައި ނުހުންނަވާ ސަބަބާއި ސިޔާސީ ޕާޓީއަކުން ރިޔާސީ ރޭހަށް ނިކުމެވަޑައިނުގަންވާތީ ބައެއް މީހުން ސުވާލު ކުރާ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅުވާ ކަމަށް އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ ޕާޓީއެއްގައި ހުންނަވާނީ ނުވަތަ ކެންޑިޑޭޓެއްގެ ފަހަތްޕުޅަށް ވަޑައިނުގަންނަވަނީ އަމިއްލަ ނަފްސަށް އުޅޭ ބޭފުޅަކަށް އޭނާ ވެވަޑައިނުގަންނަވާތީ ކަމަށެވެ. ހޯދަން ބޭނުންވާ ފަޅެއް / ފަޅު ރަށެއް ނެތް ކަމަށާ އޭނާގެ ޓީމަކީ ސަރުކާރު ލިބޭ ބަޔަކާއެކު ތިބެ މަގާމުތައް ބަހާއިރު އެ ހޯދަން އުޅޭ ބައެއް ނޫން ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުމެން މިތިބީ މި ގައުމު ބަދަލު ކުރަން އައިސް،" ރިޔާސީ ރޭހަށް ނިކުންނެވި ސަބަބާއި ގުޅޭގޮތުން އުމަރު ވިދާޅުވި އެވެ.އުމަރު ވިދާޅުވީ އޭނާއަށް ފުރުސަތު ލިބިވަޑައިގެންފިނަމަ ރާއްޖެ ބަދަލު ކުރައްވާނެ ކަމަށެވެ. ރާއްޖެ އަކީ ޑްރަގުން ސަލާމަތް ވެފައިވާ އަމާން ގައުމަކަށް ހައްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ