ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
ޔާމީންގެ ރަނިން މޭޓް އަދި އިސް ވަކީލް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
އިލެކްޝަން ކޮމިޝަނަށް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ އިއްޔެ ހެނދުނު އެވެ. ނަމަވެސް ހަވީރު ވަނީ ޝަރުތު ހަމަނުވާ ކަމަށް ބަލައި ފޯމު ބަލައިނުގަންނަ ކަމަށް ނިންމާފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ފަތިހު ހުށަހެޅުމުން މިހާރު އެ ކޯޓުގެ ރެޖިސްޓްރާ ވަނީ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދެއްވައިފަ އެވެ.
ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ.
Yameen ge candidacy ge massala Supreme court ah vadhaifi
The most trusted news source in the Maldives
Mihaaru
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ