އެމަނިކުފާނު ވަނީ ލޯނު އަނބުރާ ދައްކަން އޮތް 10 އަހަރުގެ މުއްދަތު އިތުރަށް ދަންމާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ކޮވިޑް ދުވަސްވަރު ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލަން ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާނު ކުރައްވައިފި އެވެ.
އެމްޑީޕީގެ ކެމްޕެއިން ޖަލްސާ އެއްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގައި ދިމާވި ދަތިތަކުން އަރައިގަތުން އެސްޑީއެފްސީ އިން ދޫކުރި 373 މިލިއަން ރުފިޔާ ލޯނުގެ އިންޓަރެސްޓް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ އެ ލޯނަށް ލުޔެއް ދިނުމަށް އާންމުން އެދެމުންދާތީ ކަމަށް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ކެމްޕެއިނަށް ގޭގެއަށް ވަޑައިގަތުމުން އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށް ދިނުމަށާއި ލޯނު ދެއްކުމަށް އޮތް މުއްދަތު އިތުުރުކޮށްދޭން އެދިފައިވާ ކަމަށެވެ.އެމަނިކުފާނު ވަނީ ލޯނު އަނބުރާ ދައްކަން އޮތް 10 އަހަރުގެ މުއްދަތު އިތުރަށް ދަންމާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހާ މުއްދަތެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި ވިދާޅުވީ އެސްޑީއެފުން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ އިންޓްރަސްޓް ދެން ދައްކަން ނުޖެހޭނެ ކަމަށެވެ."އަދި މިހާތަނަށް އެ ފައިސާ ދައްކާފައިވާ މީހުންނަށް އެ ފައިސާ އަޅުގަނޑުމެން ދޭނަން،" ރައީސް ވިދާޅުވި އެވެ.ކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ބޭންކުން ވަނީ ވިޔަފާރިތަކަށް އެހީވާން ކޮވިޑްގެ ދުވަސްވަރު ލޯނު ދޫކޮށްފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކޮވިޑް ލޯނުތަކުގެ އިންޓްރެސްޓް ކަނޑާލާ ދެއްކި ފައިސާ އަނބުރާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ