ޔާމީން ހުށަހެޅި އިންތިހާބީ ހައްގުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމީ ގާނޫނުގައި ބުނާފަދަ ދުސްތޫރީ މައްސަލައަކަށް އެ މައްސަލަ ނުވާތީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
އެ މަނިކުފާނުގެ ގާނޫނީ ޓީމުން ރޭ ބުނެފައިވަނީ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާތީ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި އޮތްއިރު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ