އޮސްޓްރޭލިއާގެ އަންހެނަކު އެއްމާބަނޑު ހަތަރު އަންހެން ކުދިން ވިހައިފި އެވެ.
ޖުލައި 14 ވަނަ ދުވަހު ސީ-ސެކްޝަން ހަދައިގެން މި ހަތަރު ކުދިން ވިއްސާފައި ވަނީ ބަނޑަށް 28 ހަފުތާއާ ހަތަރު ދުވަހުގަ އެވެ. މިއީ އެއް ބިސް ފާޓިލައިޒްވުމަށްފަހު ހަތަރު އެމްބްރިއޯއަށް ބެހިގެން އުފެދިފައިވާ "މޮނޯޒައިގޯޓިކް" ނުވަތަ ގުދުރަތީ ގޮތުން އެއްގޮތް ހަތަރު ކުދިންނެވެ.
އުމުރުން 34 އަހަރުގެ ޖެނިޓާ ނާއާމޯނާ އާއި އޭނާގެ ފިރިމީހާ ޖޯތަމްގެ ކުރިންވެސް ހަތަރު ކުދިން ތިބި އިރު، އެއްފަހަރާ ހަތަރު ކުދިން ލިބެން އުޅޭކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް މާބަނޑު ދުވަސްވަރުގެ ފެށުނީއްސުރެ ޖެނިޓާއަށް ފަރުވާ ދެއްވި މެޓާނަލް ފީޓަލް މެޑިސިންެ ސްޕެޝަލިސްޓް އަދި އޮބްސްޓެޓްރިޝަން، ޑރ. އަލެކްސާ ބެންޑާލް ވިދާޅުވި އެވެ.
ގުދުރަތީ ގޮތުން އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
މި މާބަނޑުވުމަކީ ވަރަށް ނުރައްކާތެރި މާބަނޑުވުމަކަށް ވާތީ، 25 ހަފުތާގައި ޖެނިޓާ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، މޮނިޓަރު ކުރަން ފަށާފަ އެވެ.
އެއްމާބަނޑު ހަތަރު ކުދިން މިވަގުތު ތިބީ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައެވެ. އަދި ކުދިންގެ ހާލަތު ވަރަށް ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
މި ދެމަފިރިންގެ އަނެއް ހަތަރު ކުދިންގެ އުމުރަކީ 1 އަހަރާއި 10 އަހަރާ ދެމެދެވެ. ހަތަރު ނިއުބޯން ކުދިންނާއެކު އާއިލާ ބޮޑުވުމުން، މަދުވެގެން 10 ސީޓުގެ ވޭނެއް ގަތުމަށްޓަކައި ޖެނިޓާ ވަނީ އޮންލައިންކޮށް ފަންޑްރެއިޒިން ކެމްޕޭނެއް ފަށާފަ އެވެ.
އޮސްޓްރޭލިއާގައި އެއްމާބަނޑު ހަތަރު އަންހެން ކުދިން ވިހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ