ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 21) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ނިމިދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތު ބޮއިކޮޓްކުރަން ޔުއެފާގެ ރައީސް، އަލެކްސަންޑަ ޗެފެރިން ނިންމީ ފީފާއާ ދެކޮޅަށް ކުރަމުން އަންނަ ހަޅުތާލު ކުރިއަށްގެންދިއުމަށްޓަކައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްލޮވީނިއާ އަށް އުފަން ޗެފެރިން ވަނީ، ޖޫން 11 ވަނަ ދުވަހު، މެކްސިކޯގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. އެކަމަކު، އެމެރިކާގެ ނިއު ޖާޒީގައި ކުރިއަށްދިޔަ، ވޯލްޑް ކަަޕްގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތުގައި ޗެފެރިން ބައިވެރިނުވެ އެވެ.
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން، ޗެފެރިން ވަނީ ފީފާ އިން ވޯލްޑް ކަޕްގެ ޓިކެޓް ވިއްކުމުގެ ކަންކަން ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްނުގެންދާތީވެ، ސަޕޯޓަރުންނަށް ލިބޭ ގެއްލުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެެވެ.
މީގެ އިތުރުން، މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ބޮސްނިއާ އަތުން އެމެރިކާ މޮޅުވި މެޗުގައި، އެ ޓީމުގެ ފޯވާޑް، ފަލޮރިން ބަލޮގަންގެ ރަތް ކާޑަށް ލުއި ހޯދަން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފޯނުން ގުޅުއްވައިގެން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާހަކަ ދައްކަވައި، އެމެރިކާ އިން ބޭނުންވާ ގޮތަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ކަންކަން ނިންމި ގޮތާ މެދު ޔުއެފާ އިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ޔުއެފާގެ ރައީސް، ކެފެރިން، ވޯލްޑް ކަޕްގެ ފައިނަލަށް ނުދިޔަ އެންމެ ބޮޑު ސަބަބަކީ، މި ވޯލްޑް ކަޕްގެ ކަންކަން ކުރުމުގައި އެމެރިކާގެ ސަރުކާރުގެ ސިޔާސީ ނުފޫޒު ފީފާ އަށް ފޯރާފައިވާތީވެ، އެކަމާ ހިތްހަމަަނުޖެހުން ފާޅުކޮށް ކުރާ ހަޅުތާލެއްގެ ތެރެއިންނެވެ.
މީގެ އިތުރުން، ޗެފެރިން ވަނީ ވޯލްޑް ކަޕްގައި ހައިޑްރޭޝަން ބްރޭކުގެ ތެރެއިން އިސްތިހާރު ދެއްކުމާއި ފައިނަލް މެޗުގެ ހާފްޓައިމް ޝޯ އަށް ވަގުތު ދޭން މެޗުގެ ދެ ހާފުގެ ދެމެދުގައި 30 މިނިޓްގެ ބްރޭކެއް ނަގަން ނިންމުން ފަދަ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ފީފާ އިން ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތައް، 48 އިން 64 އަށް ބަދަލުކުރުމަށްޓަކައި، ވިސްނަމުން އަންނައިރު، ޔުއެފާ އިން އެކަމާ ވެސް ދެކޮޅެވެ. އަދި، އިދިކޮޅު ޓީމުގެ ކުޅުންތެރިއަކާ ވާހަކަ ދައްކާއިރު، އަނގަމަތީގައި އަތްއަޅައިގެން ހުރެފިނަމަ، ރަތް ކާޑު ދެއްކޭ އުސޫލު ވެސް ޔުއެފާ މުބާރާތްތަކުގައި ބޭނުންނުކުރަން ވަނީ ނިންމައިފަ އެވެ.
ޔުއެފާ އިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވިސާ މައްސަލަަ ޖެހިގެން ބައިވެރިނުވެވުނު، ސޯމާލިއާގެ ރެފްރީ، އޮމާރް އަރްޓާން އަށް ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ސުޕަ ކަޕް މެޗުގައި އިންސާފުކުރަން ފުރުސަތު ދީފަ އެވެ.
ޔުއެފާގެ ރައީސް ވޯލްޑް ކަޕް ފައިނަލް ބޮއިކޮޓްކުރީ ފީފާއާ ދެކޮޅަށް ހަޅުތާލެއް ކުރަމުންދާތީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ