މީދޫ ދާއިރާގެ ފުރިހަމަ ތާއީދުގެ އަސްލަކީ ސިޔާމް ރައްޔިތުންނާ ބާއްވާ ގުޅުން: ރައީސް
ދ. މީދޫ ދާއިރާގެ ފުރިހަމަ ތާއީީދު އެމްޑީޕީ ކޯލިޝަނަށް ލިބުމުގެ އަސްލު ސަބަބަކީ ދާއިރާގެ ރައްޔިތުންނާ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ބާއްވަވާ ގާތް ގުޅުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ދ. އަތޮޅަށް ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ބަނޑިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރައްޔިތުންނާ ބާއްވަވާ ގާތް ގުޅުމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފުއްދަވައި ދެއްވަމުން އަންނަކަމަށެވެ. "އަޅުގަނޑު ހިތުން އަޅުގަނޑަށް މި ދަތުރުކުރެވުނު ތިން ރަށުން އަޅުގަނޑާއެކީގައި އޮތް ނަތީޖާ މިކޮޅަށް ބުރަވެގެން ދާ ސަބަބު ވަރަށް ސާފުކޮށް އެބަ އެނގޭ. މި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު މި ދާއިރާގެ ރައްޔިތުންނާ ދޭތެރޭގައި ބާއްވާ ގާތްގުޅުން،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރަށްތަކުގެ ހާލަތު ގޯސްކަމަށެވެ. އެ ކަން ހައްލުކޮށްދިނުމަށް އަމިއްލަ ގޮތުން ވެސް ސިޔާމް ގެންދެވީ ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. "ކޮންމެ ރަށެއްގައި ވެސް ލިސްޓުނުކުރެވޭ ވަރަށް އެބަހުރި. އެ ކަމަށް ޓަކައި ރައްޔިތުންނަށް ޓަކައި މި ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ކޮށްދެއްވާ މަސައްކަތަށް ޓަކައި އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ. ދ. ބަނޑިދޫ: ރައީސް ޞާލިހާއި، ސިޔާމާއި ކޯލިޝަަނަށް މަރުހަބާ ކިޔުމަށް ރައްޔިތުން ނިކުމެ -- ފޮޓޯ/ އެމްޑީީޕީ މަރުހަބާ ދިގު ސަފާއެކު ވައުދުތަކުގެ ދިގު ލިސްޓެއް ރައީސް ވިދާޅުވީ އެ ރަށާއި އަތޮޅުގެ ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނިންމުން ނިންމާނެ ގޮތް ވަރަށް ސާފުވާކަމަށެވެ. ނަމަވެސް އަދިވެސް ކުރީގެ ޕީޕީއެމް ސަރުކާރާއި، މި ސަރުކާރާ ދެމެދު އޮތް ފަރަގު ދެނެގަތުމަށް ރައީސްގެ އެދިވަޑައިގަތުން އެ ރަށުގައި ވެސް ތަކުރާރުކުރެއްވިއެވެ. "މިއަދު ތި ބޭފުޅުން އަނެއްކާވެސް ވިސްނަންވީ މި ސަރުކާރު ބަދަލުވެއްޖެޔާ ވާނެ ގޮތް،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެއިން ބޭރު ގައުމެއްގެ އެހީއަށް އެދުނުކަމުގައިވީ ނަަމަވެސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަސްޖެހުމެއް ނުވަތަ ޝަރުތެއް ނުގެންގުޅޭކަމަށެވެ. ނަމަވެސް މީގެ ކުރީގެ ސަރުކާރުގައި ބޭރު ގައުމުތަކާ އޮތީ ގުޅުން ކަނޑައިލައިފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ބަނޑިދުއަށް ކޮށްދެއްވާނެ ކަންކަން: އައިސް ޕްލާންޓެއް އަޅައިދިނުން ސްކޫލަކާއި މަލްޓި ޕާޕަސް ހޯލެއް އަޅައިދިނުން ސިއްހީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުން ކުނި މެނޭޖުކުރުމުގެ ޚިދުމަތް ފެށުން ރަށުގެ ބިން ހިއްކުން މަގުތައް ޒަމާނީ ފެންވަރަށް ހެދުން ކައުންސިލްގެ އާ އިމާރާތެއް އެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ