އެމްއާރްއެމްގެ ޖަވާބު: މައުމޫން ވަޑައިގަތުމުން ބައްދަލު ކުރާނެ

\ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް ކޯލިޝަންގައި އޮތް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން ރައީސްގެ ސިޓީފުޅާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ދެއްވުމަށް އެދި މި ސަރުކާރު ހިންގާ ކޯޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ އިސް ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީއަށް ޖަވާބު ދީފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިރޭ ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޮތީ އެމަނިކުފާނު އިސް ލީޑަރުކަން ކުރައްވާ އެމްޑީޕީގެ އިތުރުން ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި އިމްރާން އަބްދުﷲ ގެ އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ އެމްއާރްއެމެވެ.  ރައީސް ސޯލިހްގެ ސިޓީފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިހާރެކޭ އެއްގޮތަށް އެމަނިކުފާނު ކުރިއަށް ވަޑައިގަންވަން ބޭނުންފުޅު ވަނީ ކޯލިޝަނާއެކު ކަމަށް ވިދާޅުވެ ކުރިއަށް އޮތް އިންތިހާބުގައި އެކުގައި ކުރިއަށް ދިއުމާމެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އެ ދައުވަތުވެ ސް ޕާޓީތަކާއި ލީޑަރުންނަށް ދެއްވާފައި ވެއެވެ.އެމްއާރްއެމް އިން ބުނީ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެ ޕާޓީއަށް ކުރި ތަޖުރިބާތަކާއި މެދު އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި މެދު ރައީސް ސޯލިހާއި ބައްދަލު ކުރަން އެމްރާއެމް އިންވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މިވަގުތު އެ ޕާޓީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށާ އެހެން ކަމުން މައުމޫން އެނބުރި ރާއްޖެ ވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ބައްދަލުވުން ބޭއްވުމަށް ފަސޭހަފުޅު ވަގުތެއް އެމްއާރްއެމްއިން ރައީސް ސޯލިހާއި ހިއްސާ ކުރާނެ ވާހަކަ ދަންނަވައި ރައީސްގެ ސީޓީފުޅަށް މިއަދު ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.ރައީސް މައުމޫން މިވަގުތު ހުންނެވީ މެލޭޝިޔާގަ އެވެ.ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. ނަމަވެސް ކޯލިޝަންގައި އޮތް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން ރައީސްގެ ސިޓީފުޅާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަނެއްކޮޅުން ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން ވާދަކުރާނެ ކަމުގެ އިޝާރާތެއް ވަނީ ދީފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ