ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ޖޭއެސްސީން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި މައްސަލައިގައި ގާޒީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް މައްސަލައައެއް ހުށަހަޅާފައިވާކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެންނާއި، އެ މައްސަލަ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުޞޫލުގެ ތެރެއިން އެ މައްސަލަ ބެލިކަން ޖޭއެސްސީން އެ ފާހަގަކޮށްފައިވެއެވެ.
އެކަން ފާހަގަކޮށް ޖޭއެސްސީން ވަނީ ސާބިތު ނުހިފޭ އެފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް އިލްތިމާސްކޮށްފައެވެ.
ސިވިލް ކޯޓުގެ ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ