ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ޕީޕީއެމްއާ އެކު ވެސް ކޯލިޝަން ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެ ޕާޓީއާ އެކު ވެސް ކޯލިޝަން ހަދާނެ ކަމަށް އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުމޫން ފައުންޑޭޝަންގެ އޮފީހުގައި، އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވުމުގެ ކުރިން 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ، ޕީޕީއެމްއާ އެކު އެމްއާރުއެމް އިން ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަކީ ވެެސް ވެދާނެ ކަމެއް ކަމަށެވެ.
ބުނީ ކީކޭ؟ - "ހުރިހާ ކަމަކީ ވެސް ވެދާނެ ކަމެއް،" ކުރީގެ ރައީސް ވިދާޅުވި އެވެ.
"ކޮންމެ ކަމެއް ވެސް އެ ކަމެއްގެ ވަގުތުގައި އެ ކަމާ ބެހޭ މަޝްވަރާތަކެއް ކޮށްފައި ގޮތެއް ނިިންމާނީ. ކުރިއަކުން ބުނާކަށް ނޭނގޭ... ހުރިހާ ކަމަކަށް ވެސް ފުރުސަތު އެބައޮތް."
އެނގުން މުހިއްމު - ޕީޕީއެމް އުފެއްދީ މައުމޫން އިސްކޮށް ހުންނަވައިގެންނެވެ. އެގޮތުން:
ޕީޕީއެމްގެ ރައީސްކަން ވެސް ކުރެއްވި މައުމޫޫން 2016ގައި ޕީޕީއެމް އިން ވަކިވެވަޑައިގެން، އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް ފެއްޓެވީ ކޮއްކޯފުޅު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން
އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިިން ޕީޕީއެމްގައި ވަކި ފެކްޝަނެއް ހަދައިގެން ވެސް މައުމޫން މަސައްކަތް ކުރެއްވި
ޕީޕީއެމްގެ ކޮންޓްރޯލް ޔާމީން ނެންގެވީ ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅުއްވައިގެން
ގުޅުން ހުރި ކަމެއް - މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ވަކި ގޮތެއް އެމްއާރުއެމް އިން އަދި ނިންމާފައެއް ނުވެ އެވެ.
ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ