ރައީސް މުއިއްޒުގެ އަހުލާގީ މައްސަލަތަކެއްގެ ތުހުމަތުކޮށް ‘އަދަދު’ ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސް އެޑިޓަރުންނަށް ދައުވާކުރުމަކީ ނޫސްވެރިން ބިރުގަންނުވައި، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށް ބުނެ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ސީޕީޖޭ އިން ވަނީ ‘އަދަދު’ ނޫހުގެ ޗީފް އެޑިޓަރު ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާތައް ވަގުތުން އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ގޮވާލާފައެވެ. އަދި މި މައްސަލައިގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު ‘ގެގް އޯޑަރަކީ’ މައުލޫމާތު ފެތުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.
ސީޕީޖޭ އިން އިތުރަށް ބުނީ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި ‘އަދަދު’ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން އެ ތަނުން ބޭރުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޕާސްޕޯޓް ހިފަހައްޓައި، ނޫސް ހިންގާ އޮފީސް ފުލުހުން ރެއިޑްކުރުމަކީ ނޫސްވެރިންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރުދެއްކުމަށް ހިންގާ ސިލްސިލާ އަމަލުތަކެއްގެ ގޮތުގައި ސީޕީޖޭ އިން ދެކެއެވެ. ސަރުކާރުން ބުނެފައިވަނީ މި ތަހުގީގަކީ ޕީޖީ އޮފީހުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ނޫސްވެރިކަމުގެ މިނިވަންކަމަށް އިސްކަންދޭންޖެހޭ: ރައީސް ނަޝީދު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގާނޫން އަސާސީއިންވެސް ކަށަވަރު ކޮށްދީފައިވާ ހައްގެއް – ރައީސް މިނިވަން ނޫސްވެރިކަމަށް އޮތް އެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ