ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 11:30 އިން ހަވީރު 17:00 އާ ހަމައަށެވެ. މިގަޑިތަކުގައި މިސަރަހައްދަށް ބާރަށް ގުގުރާ ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މެޓު އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެންމެ މޫސުން ގޯސްވާނީ އުތުރުގެ ރަށްތަކަށް ކަމަށާއި، ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
މެޓު އޮފީހުން ވަނީ، މިދުވަސްވަރު ކަނޑު ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ. މެޓުން ލަފާކުރައްވާ ގޮތުގައި ކަނޑު އެންމެ ގަދަވާނީ، ދެކުނަށެވެ. އަދި އުތުރުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިޔަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިވިއްސާރާގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
މީގެއިތުރުން ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވަމުންދާ ކަމަށާއި، އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ، އެކި ސަރަހައްދުތަކަށް ސަމާލު ނެރެމުންނެވެ.
ހއ.އަތޮޅުން ޅ.އަތޮޅަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ