ކުރިއަށް އޮތް 5 ދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ދަނީ ވައި ގަދަވަމުންނެވެ.
އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާ ކަމަށް މެޓުން މައުލޫމާތުދެއެވެ. މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި މަހުގެ 9ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހާ ހަމައަށް، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމުގެ އިންޒާރު މެޓުން ވަނީ ދީފައެވެ.
މި ސަމާލާއެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، އަޅާނެ ބައެއް ފިޔަވަޅުތައް ހިއްސާކޮށްފައެވެ. އެހެން ކަމުން ތިރީގައިވާ ކަންކަމަށް ދުރާލާ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ވެސް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް އަމަލުކުރުމަށާއި، ދަތުރުމަތީގައި ހިނގާފާނެ ހާދިސާއަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް ކޯސްޓްގާޑުން ވެސް ވަނީ އިރުޝާދު ދީފައެވެ.
ކުރިއަށް އޮތް 5 ދުވަހު ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ، މިކަން ކަމަށް ސަމާލުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ