ކަކުލުގައި ރިއްސުމަކީ މިހާރު ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ މައްސަލައެއް ނޫނެވެ. އޯތޮޕެޑިކް ސާޖަން ޑރ. ޕަރާގް ސަންޗޭތީ ވިދާޅުވާ ގޮތުގައި، އުމުރުން 30 ގެ އަހަރުތަކުގައި އުޅޭ ޒުވާނުންނަށް މި މައްސަލަ ދިމާވުން ވަނީ އިތުރުވެފައެވެ.
މިއީ ކަކުލުގެ މައްސަލަތަކުގެ އެންމެ ފުރަތަމަ އިންޒާރެވެ. ސިޑިން ފައިބާއިރު ކަކުލަށް ތަދުވުމެވެ. ގިނަ މީހުންނަށް ހީވަނީ ސިޑިން އަރާއިރު ކަކުލަށް ކުރާ ބާރު ބޮޑުވާނެ ކަމަށެވެ. ނަމަވެސް، ކަކުލުގެ މައްސަލަތަކުގައި ގިނަ ފަހަރަށް ކަންތައް ވަނީ އެހެންނެއް ނޫނެވެ. ސިޑިން ފައިބާއިރު ކަކުލުގެ ހުޅަށް ކުރާ ބާރު ތަފާތުވެފައި، ބައެއް ހާލަތްތަކުގައި ކަކުލަށް މާ ބޮޑަށް އުނދަގޫވެއެވެ.
ގިނައިރު އިށީނދެ އިނުމަށްފަހު ކޮޅަށް ތެދުވާއިރު ކަކުލުހުޅު ހަރުވެފައި ހުރުމަކީ ހުޅަށް އުނދަގޫވާން ފަށާފައިވާ ކަމުގެ ނިޝާނެކެވެ. މިއީ އާންމުކޮށް ކަކުލުގެ މަސްތައް ބަލިކަށިވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
ކަކުލުހުޅު ހަރަކާތްކުރާއިރު އަޑެއް އިވުމާއެކު ތަދުވާނަމަ ނުވަތަ ކަކުލުހުޅު ތާށިވާހެން ހީވާނަމަ އެއީ ސަމާލުވާންޖެހޭ ކަމެކެވެ. އަދި ކަކުލުހުޅު ކުޑަކޮށް ނަމަވެސް ދުޅަވުމަކީ އިންފްލެމޭޝަން ހުރިކަމުގެ ނިޝާނެކެވެ. މިފަދަ ހާލަތްތަކުގައި ކަސްރަތު ކުރިއަށް ގެންދިއުމަކީ މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ.
ކަސްރަތު ކުރާ ވަގުތު ތަދުނުވެ، ނަމަވެސް ކަސްރަތުކޮށް ނިމޭތާ ގަޑިއެއްހާއިރު ފަހުން ކަކުލުގައި ރިއްސަން ފަށާނަމަ، އެއީ ކަކުލުގެ ހުޅަށް ލޯޑު ބޮޑުވަނީއެވެ.
ޑރ. ސަންޗޭތީ ވިދާޅުވާ ގޮތުގައި އުމުރުން 30 ގެ އަހަރުތަކުގައި މި ފެންނަ ނިޝާންތަކަކީ ފަރުވާދީގެން ރަނގަޅުކުރެވޭނެ ކަންކަމެވެ. މީގެ ތެރޭގައި ހިމެނެނީ:
ކަކުލުގެ މައްސަލަތައް އިހުމާލުކޮށްފިނަމަ، ފަހުން އޮޕަރޭޝަން ނުވަތަ ކަކުލުހުޅު ބަދަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، 30 ގެ އަހަރުތަކުގައި ކަކުލުން ފެންނަ މި ކުދި ނިޝާންތަކަށް ފަރުވާތެރިވުން މުހިންމެވެ.
‘ދުރަންދަރު’ގެ ޕްރޮޑިއުސަރުގެ ފަރާތުން ސަޕޯޓަރުންނަށް ސަޕްރައިޒެއް! ކުރީގެ މެންބަރު މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ ހަންޓާވައިރަސް: ރާއްޖޭގެ ހާލަތު ގާތުން ބަލަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ‘ކެފޭ’ އެއް ބަންދުކުރަން ފުރަތަމަ ފަހަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ