ޒަމާނީ ހުރިހާ ވަޞީލަތްތަކަކާއެކު، ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ޚިދުމަތެއް ޤާއިމްކޮށް ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
އައިޖީއެމްއެޗާއި އިންވެގެން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ޤާއިމްކުރި ހޮސްޕިޓަލެކެވެ. ނަމަވެސް ނިމިދިޔަ 5 އަހަރުތެރޭގައި އެ ހޮސްޕިޓަލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފާފައިނުވާތީ އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދީފައެއް ނުވެއެވެ. އޭގެ ސަބަބުން އެތަނުގައި ހުރި މެޝިނަރީތައް ހަލާކުވެ، މަރާމާތައް ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހުނުކަން ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ސަރުކާރުން ރަސްމީކޮށް ހުޅުވާފައި މިވަނީ، މީގެކުރިން ނުލިބޭ ގިނަ ޚިދުމަތްތައް ލިބޭނެ ވަޞީލަތްތައް ޤާއިމްކުރުމަށްފަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޓަރޝަރީ ހޮސްޕިޓަލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ވަނީ އިފްތިތާހުކޮށްފައެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރު އަކީ ކުޑަކުދިންނަށް ޙާއްސަ އީއާރުއެއްގެ ގޮތެއްްގައި ވަނީ ކަނޑައަޅާފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްވެސް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޓަރޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކުރުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ