ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ގުޅޭ ތަފްސީލީ މައުލޫމާތު ހޯދަން ހުށަހެޅުމުން، އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ދެކޮޅު ހަދައިފި އެވެ.
ޕީއެންސީގެ މައި ޖަގަހަ މަރާމާތުކުރުމަށް ފަހު ޖެނުއަރީ 8، 2026 ގައި ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ސަރުކާރާ އިދިކީލަ އަދި ސިޔާސީ ބޭނުމެއްގައި ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ބަލާލިއިރުގެ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން، އެކިއެކި މަޝްރޫއުތައް ހިނގާ ގޮތް. އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ދިމާވެފައި ހުރި ދަތިތައް ބަލާލިއިރުގަ، މިއަދުވެސް އަޅުގަނޑަށް އަތަށް ލިބުނު ލިސްޓެއްގައި، އެތައް ރަށެއްގަ، މީގެ މަހެއް ދެމަހެއް ނޫނީ ތިންމަހެއް ކުރިން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ފަށައިނުގަނަވެގެން އުޅެނީ ކީއްވެގެންތޯ ބަލާލިއިރު، ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކައްތޯ، މިސްކިތް އަޅަން، ސްކޫލުގެ އެކްސްޓެކްޝަން ހަދަން ނޫނީ ހެލްތު ސެންޓަރުގެ ކޮންމެވެސް ކަމެއް ކުރަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިޝާރާތް އެ ކުރެއްވީ ކޮން ރަށެއްތޯ، ކޮން ޕްރޮޖެކްޓެއްތޯ އޮޅުން ފިލުވުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހުށަހެޅި އެވެ.
1. ސަރުކާރުން އިއުލާނުކޮށްފައިވާ ބައެއް މަޝްރޫއުތައް ހުއްޓިފައިވަނީ ކައުންސިލްތަކުން ބިން ދޫނުކޮށްގެން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 8، 2026 ވަނަ ދުވަހުގެ ރޭ ވިދާޅުވެފައިވޭ. ބިން ދޫނުކޮށް ހިފަހައްޓާފައި ވަނީ ކޮން ރަށްތަކެއްތޯ؟ އަދި އެއީ ކޮން ޕްރޮޖެކްޓުތަކެއްގެ ބިންތޯ؟
ރައީސް އޮފީހުން ވަނީ މި މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ. އެ އޮފީހުން ބުނެފައިވަނީ އެދިފައިވާ މައުލޫމާތު އެ އޮފީހުން ދެވެން ނެތް ކަމަށާއި، އެ އާރުޓީއައި ފޯމު މިހާރު ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިގޮތަށް ރައީސް އޮފީހުން ޖަވާބު ދިންއިރު، ރައީސްގެ ދެއްކެވި ވާހަކައިގައި މަޝްރޫއުގެ ތަފްސީލު ލިސްޓެއް އެ މަނިކުފާނު ބެއްލެވި ވާހަކަ ވިދާޅުވި އެވެ. ނަމަވެސް އެ ލިސްޓުގައިވާ މައުލޫމާތެއް ނުދިނެވެ.
ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ ކަމަށް ވިދާޅުވެ މުއިއްޒު ވާހަކަ ދެއްކެވި ވާހަކައަކީ ކައުންސިލުތަކުގެ އަގު ވައްޓައިލުމަށް މި ސަރުކާރުން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވި އެވެ.
މަޝްރޫއުތަކަށް އެއްބާރުލުން ނުދިން ކައުންސިލެއްގެ ނަމެއް ރައީސް އޮފީހަށް ނުބުނެވުނު މަޝްރޫއުތަކަށް އެއްބާރުލުން ނުދިން ކައުންސިލެއްގެ ނަމެއް ރައީސް އޮފީހަށް ނުބުނެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ