ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމުން އިންތިހާބަށް ނުފޫޒާޢި ބާރު ފޯރުވުން ކުޑަވާނެކަމަށް ގަބޫލުކުރައްވާކަމަށް ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖުލީހުގެ ނާއިބު ރައީސްކަން ކުރެއްވި އަލްެުއުސްތާޛް ޝާހިީީން ހަމީދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހާއި ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ތަޖުރިބާކާރު ގާނޫނީ ވަކީލެއްކަމަށްވާ ޝާހީން ހަމީދު ވިދާޅުވީ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުން އޭގެ ނަތީޖާ ރަަނގަޅުވާނެކަަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށްފަހު މަޖިލީހުގެ އިންތިހާބަށް އޮންނަ 6 މަސް ދުވަހުގެ ތެރޭގައި ހިނގާ ނުފޫޒާއި ބާރު ފޯރުވުމަުގެ ކަންކަން މަދުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބަށްފަހު މަޖިލީހުގެ އިންތިހާބާއި ދެމެދު މިއޮންނަ 6 މަސްދުވަހުގެ ތެރޭގައި ކަންކަން ހިނގާ ގޮތްތަކަަށް ބަލާއިރު، އެ މުއްދަތު ނެތިއްޔާ ދެން ނުކުންނަ ނަތިީޖާ ކިހިނެއްތޯ ވަނީ. އަޅުގަނޑަށް ފެންނަ ގޮތުގައި އެޭގެ ނަތީޖާ ރަނގަޅުވެގެންދާނެކަމަަށް ފެންނަނީ. އެއީ ބާރާއި ނުފޫޒުތައް ބޭނުންކުރުން މަދުވެގެންދާނެތީ" ޝާހީން ވިދާޅުވިއެވެ.
ޝާހީން ވިދާޅުވީ ބޮޑު ދެ އިންތިޚާބާޢި ގުޅިގެން ގާުނޫނުއަސާސީއަަށް ގެންނަން ނިންމާފައިވާ އިސްލާހުން ރައްޔިތުންނަށް ލިބިފައިވާ އިންތިހާބީ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެކަމަށެވެ. އަދި ސަރުަކާރު ޖަވާބުދާރީކޮށް، ފާރަވެރިވުމުގެ ނިޒާމަށްވެސް މި އިސްލާހުގެ ސަބަބުން ބަދަލެއް އަންނާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ޝާހީން ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެނައި މި އިސްލާހުގެ ގާނޫނީ ސައްހަކަމާމެދު އުފައްދާ ސުވާލުތަކަށް އިޝާރާތް ކުރައްވަމުން ޝާހީން ވިދާޅުވީ މިީގެކުރިން ގާުނޫނުއަސާސީއަަށް ބައެއް އިސްލާހުތައް ގެނެސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ގެނައި އިސްލާހުތަކުގައި ކަންބޮޑުވާ ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. ނަމަވެސް އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި އެފަަދަ މައްސަލަތަކެއް ނެތްކަމަށް ޝާހީން ވިދާޅުވިއެވެ.
ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުަަމަދު މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަން ފާސްޮޮަކޮށްފައިވާ އިސްލާހުގެ ސަބަބުން ގާނޫނީއަސާސީގެ އާަަަސާސީ އޮނިގަނޑަށް ބަދަލެއް އަންނާނެތޯ ނުވަތަ ނޫންތޯ ދަންނަވަން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި ގާނޫނުއަސާސީއަށް ވަކިވަކިން އިސްލާހުތައް ގެނެސްގެން ފާސްކުރުމަކީވެސް ރަނގަޅުކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެން އަޅުގަނޑު މި ދަންނަވަނީ މި ހިުރިހާ އިސްލާހުތަކެއް އެްްއްކޮށް އައީމައޭ މީގެ ނަތީޖާ އެނގޭނީ" މުއިއްޒު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން އޮންލައިންކޮށް ޕެނަލް ޑިސްކަޝަން ބަިއިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލު ޝަމްސުއް ފަލަާހު ވިދާޅުވީ މި އިސްލާހުުން ގާނޫނުއަސާސީގެ އާަސާސީ އޮނިގަނޑަށް ބަދަލު އަންނާނެކަމަށެވެ. އޭނާ ވިދާޅުވީ މިއީ އައިރު ދުސްތޫރީ އިސްލާހެއްކަމަށާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ހުަށަހަޅާފައިވާ ސުވާލުގައިވެސް މައްސަލަތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިީގެއިތުރުން މި އިސްލާހު ފާސްކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދިޔަ ގޮތާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިކަން ކޮށްފައި މިއޮތީ. އަޅުގަނޑު ގަބޫލެއްނުކުރަން މިއީ ގާނޫނުއާަސާސީގައި ބުނާ ގާނޫނީ ވަާޖިބު އާަދާކޮށްގެން ފާސްކޮށްފައިވާ އިސްލާހެއްކަމަށް" ފަލާހް ވިދާޅުވިއެވެ.
މަޖިލީހުގެ މިހާރު ހިނގާަމުންދާ ދައުރު ކުރުކޮށްލުމަށްފަހު، މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ނޫނުއަސާސީއަށް ގެންނަ ފާސްކޮށްފައިވާ އިސްލާހަކީ ގާނޫނުއަސާސީއަށް ގެންނަ 8 ވަނަ އިސްލާހެވެ. މި އިސްލާހާއި މެދު ރައިީސޮުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށްފަހުއެވެ.
"އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމުން ނުފޫޒު ފޯރުވުން ކުޑަވާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ