އިންޑިއާ އިންވިޓޭޝަނަލް ރިލޭ މުބާރާތުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމަށް ފަސް މެޑަލް އިންޑިއާ އިންވިޓޭޝަނަލް ރިލޭ މުބާރާތުން ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމަށް ފަސް މެޑަލް

އިންޑިއާގެ ޗަންދީގަރުގައި ކުރިއަށްދާ ފުރަތަމަ އިންވިޓޭޝަނަލް ރިލޭ މުބާރާތް/ ތިން ވަނަ އޯޕަން ރިލޭ މުބާރާތުގައި ވާދަކުރި ގައުމީ އެތުލެޓިކްސް ޓީމުން ޖުމްލަ އެކު ފަސް މެޑަލް ހޯދައިފި އެވެ.
އެ ގޮތުން، ރާއްޖޭން ހޯދާފައިވަނީ، ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރޭހުން ރަން މެޑަލާއި އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރޭހުން ރިހި މެޑަލްގެ އިތުރުން، ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލްގެ އިތުރުން، މިކްސް ރިލޭގެ ހަތަރެއް ގުނަ 100 މީޓަރާއި ހަތަރެއް ގުނަ 400 މީޓަރު އިވެންޓުން ލޯ މެޑަލް އެވެ.
މި މުބާރާތުގައި ރާއްޖޭގެ ސްކޮޑުގައި ހިމެނިގެން، ހަތަރެއް ގުނަ 100 މީޓަރު ރޭހުގައި ދުވި ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާ އެވެ. އިވެންޓް ނިންމި ޓައިމިން އަކީ، 42.88 ސިކުންތުންނެވެ.
ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ. އެ ޓީމުން އިވެންޓް ނިންމި ޓައިމިން އަކީ، 49.08 ސިކުންތުންނެވެ.
ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގެ ފިރިހެން ޓީމުގައި ހިމެނެނީ، އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. ރާއްޖޭގެ ޓީމުގެ ޓައިމިން އަކީ، 3 މިނިޓް، 22.98 ސިކުންތެވެ. އަދި، މި އިވެންޓުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދު އެވެ. އެ ޓީމުން ރޭސް ނިންމީ، 4 މިނިޓް، 10.34 ސިކުންތުންނެވެ.
ލޯ މެޑަލް ހޯދި ހަތަރެއް ގުނަ 100 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ސާއިދު، އަހުނަފް، ޒިވާ އަދި އަހްނާ އެވެ. ޓައިމިން އަކީ، 44.53 ސިކުންތެެވެ. ލޯ މެޑަލް ހޯދި ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ޒީކް، ރިއްފަތު، ލަޔާނާ އަދި މުޒްނާ އެވެ. އެ ޓީމުގެ ޓައިމިން އަކީ، 3 މިނިޓް، 45.81 ސިކުންތުންނެެެވެ.
ޗަންދީގަރުގައި މި މުބާރާތް ކުރިއަށްދިޔައީ، އިންވިޓޭޝަނަލް ރިލޭ މުބާރާތް/ އިންޑިއާގެ ތިން ވަނަ ގައުމީ އޯޕަން ރިލޭ މުބާރާތު އެކުއެކީގަ އެވެ. އިންވިޓޭޝަނަލް މުބާރާތުގެ ރޭންކިން ކަނޑައެޅީ ވެސް އެއް ރޭހެއްގެ ޓައިމިން އަށް ބަލަައިގެންނެވެ. ރާއްޖެ އާއި އިންޑިއާގެ އިތުރުން މި މުބާރާތުގައި، ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނުގެ އެތުލީޓުން ވެސް ވަނީ ވާދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ