މޫސުން ގޯސްވެ ދުރު ނުފެންނަ ނަމަ ވައިގެ ދަތުރުތައް ކުރާނީ ހާއްސަ އުސޫލަކުން ގޯލްޑަން ފުޓްސަލް މުބާރާތުގައި އުރީދޫގެ ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފި ލަންކާ އިން ވިސާ ހޯދަން އުނދަގޫކަމަށް ވިދާޅުވެފައިވަނިކޮށް، މަސްއޫދު އާއި ނަމާލް ބައްދަލުކުރައްވައ

މިނިސްޓަރު މިހެން ވިދާޅުވީ އެ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިއަދު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި ސްކޫލް ހުޅުވުމުގެ ކުރިން ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުންނާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކާ އެކު މިނިސްޓަރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
އާރުސީސީއާ ހަވާލުކޮށްގެން އިމާރާތް ކުރަމުންދާ މި ސްކޫލަކީ 1500 އެއްހާ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރާ މި ސްކޫލްގައި އޭސީ ކޮށްފައިވާ 54 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ޓާފް ދަނޑެއް ވެސް ހިމެނެއެވެ. އެހެންކަމުން ސްކޫލް ހުޅުވުމާ އެކު އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ ޖެނުއަރީ 27 ގައެވެ. މިއީ ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން ބިންގާ އެޅި ފުރަތަމަ ސްކޫލެވެ.
މި ސްކޫލް ހުޅުވުމުން ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ފޭސް 2 ގައި ދިރިއުޅޭ ދަރިވަރުންނަށް އެ ކުދިން ދިރިއުޅޭ ސަރަހައްދުން ފަސޭހަކަމާ އެކު ތައުލީމު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ