ފަޅުވެރިންތަކެއް ހަބަރު ހުސްވީ ބަންދު ތަނެއްގައި ހުރި ޖަނަރޭޓަރަކުން ދުމުގެ އަސަރު ކޮށްގެން

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހަބަރު ހުސްވެފައިވަނީ، ބަންދު ތަނެއްގައި ހުރި ޖަނަރޭޓަރަކުން ބޭރުވި ދުމުގެ އަސަރުކޮށްގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހަބަރު ހުސްވެފައި ތިއްބާ މިއަދު ހެނދުނު ފެނުނީ އުތުރުގެ ރަށްރަށަށް ދަތުރުކުރާ ބޯޓެއް ކަމަށްވާ 'ޑީއެމްއެމްއޭ އެކްސްޕްރެސް 5' ނަމަކަށް ކިޔާ ބޯޓުގެ ފަސް ފަޅުވެރިއެކެވެ. އެއީ ދިވެހި ފިރިހެނަކާއި ހަތަރު ބިދޭސީ ފިރިހެނުންނެވެ. އެ މީހުންނަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ތަފްސީލް - ފުލުހުން ދެންމެ ބުނީ އެ މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖަނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެ ތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުންކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، ފުލުހުން ވަނީ:
މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖަނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި 
ޖަނެރޭޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނި
އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާ ގޮތަށް ޖަނެރޭޓަރު ފަދަ ތަކެތި ބޭނުން ނުކުރުމަށް އިލްތިމާސްކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ