ފަހު 10 ގައި ބީއެމްއެލް ބްރާންޗްތައް ހުޅުވާނީ މި މަހު 11 އަދި 18 ގައި
މި ރޯދަމަހުގެ ފަހު 10 ގައި ބޭންކުގެ ބްރާންޗުތައް ހުޅުވާނީ މި މަހުގެ 11 އަދި 18ގައި ކަމަށް އެ ބޭންކުން ބުނެފިއެވެ. މި ދެ ދުވަހު ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30އަށެވެ. އެހެންނަމަވެސް ބޭންކުގެ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެއެވެ. ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ބްރާންޗުތައް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:30އަށް ހުޅުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލުން ވަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކޮށްފައެވެ. އެހެންކަމުން އެ ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެއެވެ. އެހެން އަހަރުތަކާ އެއްގޮތަށް، މި ރަމަޟާން މަހުގައި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތުގެ ވަގުތުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ