ދިވެހި ވަތަނީ ހިދުމަތް ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޑިފެންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ވީކިހިނެއް؟ - މި ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތަމްރީނުގައި ބައިވެރިވާން މިއަދު ހުޅުވާލީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
ތަފްސީލް - އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރު، ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ތަމްރީނުގައި ބައިވެރިވެވެނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ތަމްރީނުގައި ބައިވެރިވުމަށް އޭގައި ބައިވެރިވުމާ މެދު އެ ކުއްޖެއްގެ ޝަރުއީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަން ހުށަހަޅަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ދެވަަނަ ބެޗުގެ ތަމްރީނު ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާއިރު، މިއަދު ހުޅުވާލި ތިންވަނަ ބެޗުގެ ތަމްރީނު ފެށޭނީ މެއި މަހު ފަހު ހަފުތާގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މޯލްޑިވްސް ނެޝަނަލް ސާވިސްއަކީ ހަރުދަނާ ޒުވާންޖީލެއް ބިނާކުރަން ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު
އިސްނަންގަވައިގެން ފެއްޓެވި މަޝްރޫއެކެވެ.
އެ ހިދުމަތް އުފެއްދުމުގެ މަގްސަދުތަކުގެ ތެރޭގައި:
ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު އާލާކުރުން
އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުން
ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުަގއި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ބަޔަކު ބިނާކުރުން
ޒުވާނުންނަކީ އެއްބައިވަންތަކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގެންފައިވާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުން
ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ، އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ޒުވާނުން ބައްޓަންކުރުން
ނެޝަނަލް ސާވިސް އިނީޝިއަން ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އެ ތަމްރީންގެ ސެޓްފިކެޓާއި ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑްގެ އިތުރުން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ވެސް ލިބޭނެ އެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިންވަނަ ބެޗުގައި ބައިވެރިވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ