މާ ބޮޑެތި މައްސަލަތައް ހުއްޓާ، 2 އިންތިޚާބު އެއްކޮށްލުން އިސްކުރީ ކީއްވެގެންތޯ ސުއޫދުގެ ސުވާލެއް

ގައުމީ ބޮޑެތި މައްސަލަތައް ދިމާވެފައިވަނިކޮށް އެ ކަންކަން ހައްލުކުރުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން އުޅެނީ ކީއްވެގެންތޯ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ސުވާލު އުފައްވައިފިއެވެ. ނޯ ޓު ރިފަރެންޑަމް ޖަހާފައިވާ އެކައުންޓަކުން ވަނީ ދެ އިންތިޚާބު އެއްކުރަން ސަރުކާރުން އުޅޭތީ އެ ކަމާ ސުއޫދު ކަންބޮޑުވުން ފާޅުކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ސުއޫދު ވަނީ ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ރިފަރެންޑަމެއް ނަގާއިރު، ރިފަރެންޑަމް ނަގަނީ ހެޔޮ ނިޔަތުގައިތޯ ސުވާލު އުފައްދަވާފައެވެ. އަދި، ސަރުކާރުން ބޮޑު ބަދަލެއް ގެންނަން މަސައްކަތްކުރާއިރު އެ ބަދަލުގެ ދެކޮޅު ވިސްނާ ވަޒަންކޮށްފައިވޭތޯ ވެސް ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބައިވަރު ބަދަލުތަކެއް ވެސް އެބަހުރިކަން ފާހަގަކޮށް ސުއޫދު ވަނީ ރައްޔިތުންގެ މަޖިލީގެ މެންބަރުންގެ އަދަދު ފަސް އަހަރުން ފަސް އަހަރުން އިތުރުކުރުމަކީ ގާނޫނުއަސާސީ މެދުވެރިކޮށް ހުއްޓުވުމަކަށް ގެންނަން ޖެހޭކަމެއް ކަމަށް ރައްޔިތުން ފާހަގަކުރާ ކަމަށް ވިދާޅުވެފައެވެ. https://x.com/nufeney/status/2031045599102226549 އެއާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި، ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެއީ ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އިއްތިފާގުވާ ކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ސިޔާސީ ހުރިހާ ފަރާޓްތަކުން ވެސް އިއްތިފާގުވާ ކަމެއް އެއީ ޖޭއެސްސީ އެކުލަވާލާފައި އޮތީ ރަނގަޅަށް ނޫންކަމަށާއި އެއީ ބަދަލުގެންނަން ޖެހޭ ތަނެއްކަން ނުވަތަ ބަދަލުކުރަންޖެހޭކަން އެންމެން ވެސް ގަބޫލުކުރޭ. އެހެންނަމަވެސް އެކަންވެސް ނުވެ އޮތީ،ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސުއޫދު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަަނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވުމަށްޓަކައި، ގާނޫނުއަސާސީ މެދުވެރިކޮށް ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ރައްޔިތުން ފާހަގަކުރާ ކަމަށް ވިދާޅުވެފައެވެ. އަދި، އެއާއެކު ސިޔާސީ މުއައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުން ދެކޭ ކަމަށާއި ރައްޔިތުންގެ މަޖިލީޙުގެ އަޣްލަބިއްޔަތު ބަހައްޓައިގެން ނޫންގޮތަކަށް ރައީސުންނަށް، ވެރިކަންކުރަން މިހާރު އުނދަގޫ ކަމަކަށްވެފައިވާ ކަމަށާއި މިއީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ މުހިންމު ކަންކަން ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ. https://sun.mv/218575 ސުއޫދު ވަނީ ގައުމީ މިދަފަ ބޮޑެތި މައްސަލަތަކެއް ހައްލުނުވެ ހުއްޓައި، އެޖެންޑާގެ އެންމެ ކުރިއަށް، ދެ އިންތިޚާބެއް އެއް ދުވަހެއްގައި ބޭއްވުމަށް ނިންމީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި، އެކަން ކުރައްވާ ބޭފުޅުން އެކަން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވަނީ މިއީ ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ނަމަ ސަރުކާރުން މިކަން އޮޅުންފިލުވައިދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށްލަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި، އެ ކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ ކަމަށް ތާއީދުކުރަމުންނެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ކަމާ ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ