ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ތިންވަނަ ބުރަށް ހުޅުވާލައިފި
އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތިން ވަނަ ބުރަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.މި ޕްރޮގްރާމްގެ ތިންވަނަ ބުރުގެ ތަމްރީނުގައި ބައިވެރިވާން މިއަދު ހުޅުވާލީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރު، ޅ. މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ތަމްރީނުގައި ބައިވެރިވެވެނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ.އުމުރުން 18 އަހަރު ނުފުރޭ ކުދިން މި ތަމްރީނުގައި ބައިވެރިވުމަށް އޭގައި ބައިވެރިވުމާ މެދު އެ ކުއްޖެއްގެ ޝަރުއީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްކަން ހުށަހަޅަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.ދެވަަނަ ބެޗުގެ ތަމްރީނު ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާއިރު، މިއަދު ހުޅުވާލި ތިންވަނަ ބެޗުގެ ތަމްރީނު ފެށޭނީ މެއި މަހު ފަހު ހަފުތާގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމުރީނުކުރުން ހިމެނެއެވެ.ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދަށް ފެއްޓެވި މި ޕްރަގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ