އިރާން ހަނގުރާމައަށް އެމެރިކާއިން 25 ބިލިއަން ޑޮލަރު ހޭދަކޮށްފި

އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 25 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ޕެންޓަގަންގެ އިސް އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފިއެވެ.
މިއީ މި ހަނގުރާމައިގެ ޚަރަދާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި ފުރަތަމަ ރަސްމީ އަންދާޒާއެވެ.
މިދިޔަ ފެބްރުއަރީ 28 ގައި ފެށި މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މިހާރު ދެފަރާތުން ދަނީ މިނާޒުކު ހަނގުރާމަ ހުއްޓާލުމެއްގެ ދަށުން އަމަލުކުރަމުންނެވެ. އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އެތައް ހާސް ސިފައިންނެއް އިތުރަށް ފޮނުވައި، މަތިންދާބޯޓު އުފުލާ ތިން މަނަވަރު އެ ސަރަހައްދުގައި ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ