މަދިރި ކޮންޓްރޯލްކުރަން މާލޭގެ 300 ތަނެއް ފާސްކޮށްފި

މަދިރި ކޮންޓްރޯލް ކުރުމަށް މާލޭގެ 308 ތަނެއް ބަލައި ފާސްކޮށްފިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިމަހުގެ 19 އިން 23 އަށް، އެޗްޕީއޭއިން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވިއަން ރެޑް ކްރެސެންޓާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނުގައި، މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން ބޭނުންނުކުރާ ހުސްޖާގަތައް ބަލައި ފާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ