އަންނަ މަހު މެކްސިކޯ އާއި އެމެރިކާގެ އިތުރުން ކެނެޑާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގައި ވާދަކުރާ އިންގްލެންޑްގެ ސްކޮޑުގައި ކޯލް ޕާމާ އާއި ފިލް ފޯޑެންގެ އިތުރުން އަލެކްސަންޑަރ އާނޯލްޑް ނުހިމަނައި ސްކޮޑު އިއުލާންކޮށްފި އެވެ.
ޖަރުމަނުގެ ތޯމަސް ޓުޗެލް އިއުލާން ކުރި 26 ކުޅުންތެރިންގެ ސްކޮޑުން ދެން ފުރުސަތު ނުލިބި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑްގެ ލޫކް ޝޯ އާއި ކްރިސްޓަލް ޕެލަސްގެ އެޑާމް ވާޓަންގެ އިތުރުން ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް ވައިޓް އަދި ޗެލްސީގެ ލީވައި ކޯލްވިލް ހިމެނެ އެވެ.
ޓުޗެލް އޭނާއަށް އިތުބާރު ކުރެވޭ 26 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރުމާއިއެކު އިންގްލެންޑަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ އެ ސްކޮޑަށް ފާޑު ކިޔާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ގައުމީ ޓީމަށް ކުރިން ކުޅުނު މަޝްހޫރު ކުޅުންތެރިންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އިންގްލެންޑްގެ ކުރީގެ ފޯވަޑް ވޭން ރޫނީ ފާހަގަކޮށްލެވެ އެވެ.
އިންގްލެންޑްގެ ސްކޮޑު އިއުލާން ކުރުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއާ ވަނީ އޭނާ ސްކޮޑުގައި ނުހިމެނޭކަން އަމިއްލަ އިއުލާން ކޮށްފަ އެވެ.
މި ފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓަރ ސިޓީގެ ޖޯން ސްޓޯންސް އާޢި ނިކޯ އޯރައިލީ, ނިއުކާސަލް ޔުނައިޓެޑްގެ ޑޭން ބާން, ޓޮޓްނަމް ހޮޓްސްޕަރގެ ޑެން ސްޕެންސް, ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް, ބާސެލޯނާގެ މާކަސް ރަޝްފޯޑް އައިވާން ޓޯނީ ފާހަގަކޮށްލެވެ އެވެ.
ސްކޮޑު އިއުލާން ކުރުމަށްފަހު ޓުޗެލް ބުނެފައިވަނީ އޭނާ ނެގި ސްކޮޑަކީ އިންގްލެންޑްގެ އެންމެ މޮޅު ސްކޮޑު ކަމަށް ބުނަން ބޭނުންނުވާ ކަމަށާއި ނަމަވެސް އެއީ މި ފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރަން އޭނާއަށް ފެންނަ އެންމެ ރަގަޅު ސްކޮޑު ކަމަށެވެ.
ފޯޑެން, އާނޯލްޑް އަދި ޕާމާ އަށް ސްކޮޑުން ފުރުސަތެއް ނުލިބުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ