މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލް ބަލާލުމުގެ ފުރުސަތު ބެލެނިވެރިންނަށް

މާލޭގައި އަލަށް ހުޅުވަފައިވާ މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލް ބަލާލުމަށް ޒިޔާރަތްކުރުމުގެ ފުރުސަތު ބެލެނިވެރިންނަށް ހުޅުވާލައިފި އެވެ.
ޕްރީސްކޫލް އުމުރު ފުރައިގެ ކުދީންގެ ބެލެނިވެރީންނަށް މި ފުރުސަތު ހުޅުވާލުމުގެ ބޭނުމަކީ ކުދިންގެ އުނގެނުމަށް ފަހިވާނޭހެން ފަރުމާކޮށްފައިވާ މި ޒަމާނީ މަރުކަޒުގެ ވަސީލަތްތަކާއި މާހައުލު ބެލެނިވެރިންނަށް ގާތުން ދައްކާލުމާއި މި ސްކޫލްގައި އުނގަންނައިދޭ މަންހަޖު މައުލޫމާތު ބެލެނިވެރިންނާއި ހިއްސާ ކޮށްލުމެވެ . އަދި އުފެދޭ ސުވާލުތަކަށް ވަގުތުން ޖަވާބު ވެސް ދިނުމެވެ.
މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލަކީ ކުދިންގެ އުނގެނުމާއި، ތަރައްގީއަށާއި އުމުރާއި ގުޅޭގޮތުން ދިރިއުޅުމުގައި ބޭނުންވާ ހުނަރުތަކާއި، އަދިދަރިވަރުންގެ ވަށާއިޖެހޭ ތަރައްގީއަށާއި ކުރިއެރުމަށް ބޭނުންވާނޭ މުހިންމު ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ.
ފަސް ފަންގިފިލާއަށް ހަދާފައިވަ މި ސްކޫލަކި އުނގެނުމަށާއި، އުފެއްދުންތެރިކަމާއި، އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ތައްޔާރުކޮށްފައިވާ ތައުލީމީ މަރުކަޒެކެވެ. މިތަނުގައި ކުދިންގެ ހަށިހެޔޮކަމާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި 295 އަކަމީޓަރުގެ ހުސް ސަރަހައްދެއް ކުޅިވަރުކުޅުމަށް ހާއްސަކޮށްފައިވެއެވެ.
ސްކޫލްގެ ތިރީގައި ހިމެނޭ 319 އަކަމީޓަރުގެ ތަނަވަސް ސަރަހައްދަކީ ކުދިން ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. ބެލެނިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކޮންމެ ދުވަހަކު ކުދިން ސްކޫލަށް ގެނައުމާއި ބަލާ އައުމުގައި ފަސޭހަވާނެހެން ހާއްސަ ސަރަހައްދެއްވެސް މި މަރުކަޒުގައި ވަނީ ގާއިމުކޮށްފައެވެ.
މި ޕްރީސްކޫލުގައި ހިމެނޭ 17 ކްލާސްރޫމަކީވެސް ކުދިންނަށް އުފާވެރި މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ލިބޭނެހެން ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ ތަންތަނެވެ. އެގޮތުން ކޮންމެ ކްލާސްރޫމެއްގައި ވައިފައިގެ ހިދުމަތާއި، ސްމާޓް ބޯޑު އަދި އިންޓަރެކްޓިވް އުނގަންނައިދިނުމުގެ ވަސީލަތްތައް ހިމެނެއެވެ. އަދި ކުދިންގެ ޖިސްމާނީ ތަރައްގީއަށާއި ކުދިންގެ އަމިްލަ ނަފްސަށް ކުރާ އިތުބާރު ބިނާކުރުމަށް އެހީތެރިވެދޭ ހާއްސަ ޖިމްނޭޒިއަމެއްވެސް ހުރެއެވެ.
އޭގެ އިތުރުން ކުދިންގެ އުމުރާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ބަދިގެޔަކާއެކު ގޯމޭ މޯމަންޓްސްގެ ނަމުގައި ގެންދާ ހާއްސަ ޕްރޮގްރާމެއްވެސް ހިންގަ އެވެ.
މައިންޑް ޗޭމްޕްސްއިން ބުނާގޮތުގައި ގޯމޭ މޯމަންޓްސް އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ވަސީލަތެއްގޮތުގައި ކުދީން ގަޔާވާގޮތަށް ތައްޔާރުވަމުންދާ ގަސްހާއި ފަތްޕިލާވެލި ހައްދަން ސަރަހައްދެއް ދަނީ ތައްޔާރުކުރަމުންނެވެ.
މައިންޑްޗޭމްޕްސް އިންޓަނޭޝަނަލް ޕްރީސްކޫލުން ގަބޫލުކުރާ ގޮތުގައި ކޮންމެ ކުއްޖަކީވެސް ތަފާތު ކާމިޔާބު ހުނަރުތަކެއް ލިބިފައިވާ ކުއްޖެކެވެ. އެހެންކަމުން، އެ ކުދިންގެ ގާބިލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމަށް ބޭނުންވާނެ ތަނަވަސް މާހައުލެއް ފޯރުކޮށްދިނުމަކީ މި މަރުކަޒުގެ އެންމެ ބޮޑު މަގުސަދެވެ.
މި އައު ތައުލީމާއި ތަރައްގީގެ ދަތުރުގައި ބައިވެރިވުމަށް ބޭނުންވާ ބެލެނިވެރިންނަށް މިހާރު ވަނީ މަރުކަޒު ބަލާލުމަށް ވަގުތު ހަމަޖެއްސުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މައިންޑްޗޭމްޕަސް އަށް ޒިޔާރަތްކޮށްލުމަށްޓަކައި 7722880 މެދުވެރިކޮށް ނަން ނޯޓުކޮށްލައވާ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ