މީގެ އިތުރުން، މިފަދަ އިތުރު ދެ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ހިނަގަމުން އަންނަކަމަށްވެސް އެފްޑީސީ އިން ބުނެފައިވެއެވެ.
އެފްޑީސީގެ ފްލެޓްތައް ކުއްޔަށްދޭ ވާހަކައަކީ، ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި ވަރަށް ގަދައަށް ދެކެވެމުންދާ ވާހަކައެކެވެ. މިކަމާއި ގުޅިގެން އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން މީގެ ކުރިން ވިދާޅުވެފައިވަނީ، އެފްޑީސީ އިން އިމާރާތްކޮށްފައިވާ ފްލެޓް އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ދިނުން، ނުވަތަ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެންގޮތަކަށް ބޭނުންކުރާނަމަ، ގަވާއިދުގައި ވާގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.
ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަ އެވެ. މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއް، ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސާލައެއް ވެސް ފެންމަތިވެފަ އެވެ. އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވެ އެވެ.
އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ