މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނި

މިއަދުގެ ރީތި ތާރީހުގައި މާލޭގައި އެކަނި 50 ކައިވެނިކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ފެމިލި ކޯޓުން ބުނެފި އެވެ.
ތަފްސީލް - ފެމިލީ ކޯޓުން ބުނި ގޮތުގައި، މިއަދު ޖުމުލަ 50 ކައިވެނި އެ ކޯޓުން ކޮށްދޭއިރުގައި، އޭގެ ތެރެއިން ކޯޓުން ބޭރުގައި ކުރުމަށް ހުށަހަޅާފައިވާ ކައިވެންޏެވެ. އެ ގޮތުން:
ކޯޓުން ބޭރުގައި 39 ކައިވެނި
ކޯޓުގައި 11 ކައިވެނި
ފާހަގަކޮށްލެވޭ - ތާރީހުގައި ހިމެނޭ ނަންބަރުތަކުގެ ތެރޭގައި ނުވަތަ ނަންބަރުތައް ތަރުތީބުކުރެވޭ އިރު، އެއް ނަންބަރުތަކެއް ހިމެނޭ ރީތި ތާރިހުގައި ކައިވެނިކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވެފައިވާ ކަމެކެވެ.
މިއަދު ތާރީހު ރީތިވެގެން އުޅެނީ ވެސް އެ ގޮތަށް ތަރުތީބުކޮށް ލިޔާއިރު '26/6/26' މި ގޮތަށް ލިޔެވޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ