ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ އިދާރާއަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ވަނީ ނިންމައިފަ އެވެ.
ތަފްސީލް - މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރެއް އެ އިދާރާ އަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި ވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އެ މަނިކުފާނު އޭނާ ބޭރުކޮށްލައްވާފައި ވަނިކޮށެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި، ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނާ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ. 
ނާޒިމްގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ވައްދާފައިވާއިރު މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ