ދިރާގު ފައިބާ ބޭނުންކުރާ ފަރާތްތަކަށް 150,000 ރުފިޔާގެ ހޯމް ތަކަފުލް ޕްލޭނެއް ހިލޭ ދިރާގުގެ ބޯޑަށް އާންމު ހިއްސާދާރަކު ހޮވަނީ، އަންހެނުންނަށް ހާއްސަ އިސްކަމެއް “އާއިލީ ގުޅުން” ތީމްގެ ދަށުން ދިރާގުން ރޯދައަށް ހާއްސަ އޮފާތަކެއް ދިރާގުގެ 17 ވަނަ އެޕްރެންޓިސް

ދިރާގުން ކުރިއަށް ގެންދިޔަ “އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް” ޕްރޮމޯޝަނުގެ ދެވަނަ އަދި ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔަކަށް މާލޭގެ މުހައްމަދު ޔޫސުފް މިއަދު ހޮވައިފިއެވެ.
އާޓިފިޝަލް ބީޗުގައި ތަފާތު ހަރަކާތްތަކާއެކު މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮވުނު މުހައްމަދު ޔޫސުފަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިން ވަނީ މުހައްމަދާ ބައްދަލުކޮށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ދިރާގުން އޭނާއަށް ދޭން ހަމަޖައްސާފައި ވަނީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނެއް އަޅާފައިވާ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. ދިރާގުން ބުނި ގޮތުގައި މިއީ މަހަށް ދިއުމަށާއި، އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އުޅަނދެކެވެ.
ދިރާގުން މިދިޔަ އަހަރު ފެށި މި ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތަކާއި، ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ އިތުރުން މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބޮޑު ޕްރޮމޯޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ