ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭ ސަރަހައްދުގައި ފެތުރެން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، މި ރޯގާގައި ހޮޑުލުމާ އެކު ބޭރަށް ހިންގަ އެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ދަނީ ޑޮކްޓަރަށް ދައްކަމުންނެވެ.
"ބޮޑެތި މީހުންނަށް ވެސް ނުވެސް އެނގި ހުއްޓާ އެބަ ބޮޑުކަމުދެވޭ. އެއާއެކު މީހާ ވަރަށް ބޮޑަށް ހާލު ދެރަކޮށްލާ،" ބަލި ޖެހުނު މީހަކު ބުންޏެވެ.
މި ފަދަ ރޯގާއެއް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ފެތުރުނެވެ.
ތަފްސީލް - އެޗްޕީއޭއިން މީގެ ކުރިން އާއްމު ކުރި ޕޯސްޓެއްގައިވަނީ މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފަ އެވެ.
އެގޮތުން:
ބޭރަށް ހިންގާ ނަމަ ގިނައިން ފެންބޮއެ، އޯއާރުއެސް އަދި ސޫޕް ކަހަލަ ދިޔާ އެއްޗެހި ބޭނުން ކުރުމަށް
ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް
ފާހާނާ ކުރުމަށް ފަހުގައި އަދި ކާ އެއްޗެހި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
ބަލިވެ އުޅޭ ނަމަ ސްކޫލަށް ނުވަތަ ވަޒީފާއަށް ނުދިޔުން
މިއީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން، ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މިދުވަސްވަރު މާލޭ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.
އެގޮތުން:
ހުން އައިސް ގައިގާ ރަތްބިހި ނަގާނަމަ، ނުވަތަ ރޯގާގެ އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން
މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން
ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ