އެމްޑީޕީން ބޭނުންވާ ބަދަލުތައް ގެނައުމުން ރައީސް މުއިއްޒުއަށް އިތުރު ދައުރެއް ނުލިބޭނެކަން މުޅި ސަރުކާރުވެސް ގަބޫލުކުރޭ: ޝިފާޒް

އެމްޑީޕީން ގެންނަން ބޭނުންވާ ބޮޑު ބަދަލުތައް ގެނައުމުން ދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އިތުރު ދައުރެއް ދޭނެ ރައްޔިތެއް މި ގައުމުގައި ނުހުންނާނެ ކަން ޕީއެންސީއާއި މުޅި ސަރުކާރުވެސް ގަބޫލުކުރާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން  މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ މިހާރު އޮތް ގާނޫނުއަސާސީގެ ފަހުން 4 ވެރިން މި ގައުމު ދެކެފިކަމަށެވެ. ޝިފާޒް ވިދާޅުވީ އެހެންނަމަވެސް ހަގީގަތަކީ އެމްޑީޕީގެ ވެރިކަމެއް އައި ކޮންމެ ފަހަރަކުވެސް ރައްޔިތުންނަށް އުންމީދެއް ލިބުން ކަމަށެވެ. ރައްޔިތުންނަށް އެންގުންވާ ކަމަށާއި އެމީހުންނަށް ދިރުން ލިބިގެންދާ ކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުން ކުރާ ކަންކަން އެހެން ސަރުކާރު ތަކުގައި ކުރިއަށް ނުގެންދާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި އެހެންނަމަވެސް އެ އެ ދައުލަތް ބައްޓަން ކުރުމަށް އެމްޑީޕީއަށްވުރެ ކުޅަދާނަ ބަޔަކު ނުހުންނާނެ ކަމަށެވެ. ޝިފާޒް ވިދާޅުވީ އެމްޑީޕީ ކުރިއަށް ދާނީ ދައުލަތް ޖަވާބުދާރީ ކުރެވޭނެ ބަދަލާއިއެކު ކަމަށާއި، ރައްޔިތުންގެ ބާރު ސަރުކާރުގައި އޮންނާނެ ބަދަލާއި އެކު ކަމަށެވެ.
”އިންސާފު ގާއިމް ކުރެވޭނެ ގޮތަަށް އަދުލު އިންސާފަށް އަތް ނުބޭނޭ ގޮތަށް އެ ބަދަލާއިއެކީގައި. ރާއްޖޭގެ އިކޮނޮމީއަށް ބޮޑު ބަދަލެއް ގެނެވޭނެ ބޮޑު ބަދަލެއް، އެ ބަލާއި އެކީގައި. އެއީ އަޅުގަނޑު ދަންނަ ބޮޑު ބަދަލަކީ. އެ ބަދަލު ގެނައުމަށް އެމްޑީޕީން މިހާރު ހިތްވަރާއިއެކު މަސައްކަތް ކުރަންވީ“
ޝިފާޒް ވިދާޅުވީ އެމްޑީޕީން މި ބަދަލުތައް ގެނައުމާއިއެކު ރައީސް ޑރ. މުއިއްޒުއަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށެވެ. މިހާރު އެމްޑީޕީން އައު ބަދަލަކަށް މަސައްކަތް ކުރަން ފެށުމުން ރައީސް މުއިއްޒުއަށް ވެރިކަން އަލުން ދޭނެ ބަޔަކު ރާއްޖޭގައި ނެތްކަން ޖުމްލަކޮށް ސަރުކާރުގައި ތިބި ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މީގެއިތުރަށް އޭނާ ވިދާޅުވީ މިހާރު ރައީސް މުއިއްޒުގެ ރިޔާސީ ދައުރުވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ޝިފާޒް ވިދާޅުވީ ގާނޫނުއަސާސީން ތިން ބާރު ވަކިވެފައިވާ ނިޒާމު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ ދެން ޖެހޭނީ ވެރިކަން ބަދަލުކުރުމުގެ ސްލޯގަންގައި ނިކުންނަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ