މައުމޫން ޕީޕީއެމް އިން ވަަކިކުރި މައްސަަލަ އަލުން ބަލަަނީ

ކުރީގެ ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރީ އެންމެ ރަނގަޅަށްތޯ އަލުންް ބަަލަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން އެކަން ހާމަކުރީ މިހާރު ކުރިއަށްދާ  ނޫސްވެރިންގެ ބައްދަަލުވުމުގައެވެ.
ޝަރީފު ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމުން ވަކި ކުރީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވިދާޅުވެ ރައީސް މައުމޫން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.   އަދި ރައީސް މައުމޫންގެ އެ ސިޓީފުޅު ބަލައިގަނެފައިވާ ކަމަށެވެ.އަދި  އެކަންތައްތައް ބަލަން އިއްޔެ އިލެކްޝަންސްގެ ލީގަލް ޓީމާ ހަވާލުކޮށްފައިވާ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.
އިލެކްޝަން ކޮމިޝަންްގެ ރައީސް ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި  ރައީސް ޔާމީނަކީ އެޕާޓީގެ ރައީސް ކަމުގައި ދެކިނުލައްވާ ކަަމުގައި ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ރައީސް މައުމޫން އަކީ ޕީޕީއެމްގެ ރަޢިސް ކަމާއިމެދު އަދި ވަގި ގޮތެއް ނުނިންމަވާ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ