ބ. އަތޮޅު ކިހާދުއަށް ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އަހަރަކަށް ވުރެ, ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ބ. ކިހާދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝަރީފް ވިދާޅުވީ އެރަށުގެ އިންޖީނު ގޭގައި މިހާރު ހުރީ 90 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ޖަނަރޭޓަރުން ނަގައި ދެނީ 30 ކިލޯވޯޓްގެ ކަރަންޓް ކަމަށެވެ. ދެންހުރި 128 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ވެސް މައްސަލަ ދިމާވެފައިވާ ކަމަށާއި މިގޮތަށް ޖަނަރޭޓަރުތަކަށް މައްސަލަތައް ދިމާވާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށެވެ.
މީގެ އިތުރުން އިރުއިރު ކޮޅާ ކަރަންޓް ކެނޑެމުންދާތާ ދެހަފްތާ ވެފައިވާއިރު އެ ރަށުގެ ކޮންމެ ގެއެއްގައި ވެސް މިހާރު ބޭނުން ކުރަމުން ދަނީ އެންމެ ފަންކާއަކާއި ބޮތްކެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ ރަށަށް ދިމާވަމުންދާ ކަރަންޓް ކެނޑުމުގެ މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންނާ ވިޔަފާރި ވެރިންގެ އަގުބޮޑެތި މުދާތަކަށް ވަރަށް ބޮޑަތި ގެއްލުންތައް ލިބެމުން ދާ ކަމަށާއި އެހެންކަމުން އެކަމަށް ސަރުކާރުގެ ފަރާތުން ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.
ވޭތިވެ ދިޔަ ސަރުކާރުތަކުން ކުދި އާބާދީތައް ދިރިއުޅޭ ރަށްތަކަށް މާބޮޑު ސަމާލް ކަމެއް ނުދޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް އުމީދު ކުރަނީ ކޮންމެ ސަރުކާރަކުން ވެސް ކިހާދުއަށް ދިމާވަމުން އަންނަ މައްސަލަތައް ވެސް ހައްލު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އަލަށް އުފެދިފައއިވާ ރައީސް ސޯލިހުގެ ސަރުކާރުން ކުދި އާބާދީ ދިރި އުޅޭ ރައްތަކަށް ޚާއްސަ ސަމާލު ކަމެއް ދެއްވައިގެން އެ ރަށްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ގެނެސްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ
މީގެ އިތުރުން ފެނަކައިގެ ފަރާތުން ކިހާދޫ އިންޖީނުގެ އާއި ހަވާލުވެ ހުންނެވި އެކުންފުނީގެ ސްޕޮވައިޒަރ މުހައްމަދު ޒުހުރީ ވިދާޅުވީ ކިހާދުއަށް ދިމާވަމުންދާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ތަކެއް ކުރަމުން ދާކަމަށެވެ. އެގޮތުން ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އިންޖެކްޓަރާއި އަދި ބައެއް ސަޕެއާރޕާރޓްސް މިއަދުގެ ވަގުތެއްގައި ލިބޭނެ ކަމަށާއި އެތަކެތި ލިބުމުން މިހާރު ދިމާވެފައިވާ މައްސަލަ ހައްލު ކުރެވިގެން ދާނެ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކިިހާދޫ ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ