ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ޢާދިލް ސަލީމް ފޯމް ހުށަހަޅުއްވައިފި

ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ޢާދިލް ސަލީމް ފޯމް ހުށަހަޅުއްވައިފި އެވެ. ޢާދިލް ސަލީމް އަކީ މިފްކޯގައި ޚިދުމަތް ކުރެއްވުމަށްފަހު ކޫއްޑޫ ފިޝަރީޒް އާއި ހަވާލުވެވަޑައިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނަވައިވެސް ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އާދިލް ސަލީމް ފާހަގަކުރެވިފައިވަނީ ދުރަށް ވިސްނަވައިގެން ކަންކަން ހަރުދަނާ ކަމާއިއެކު ކުރައްވާ މާލީ ގޮތުން މަންފާ ކުރާނެ ގޮތަށް ކަންކަން ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ކޮންމެ ކަމެއްގައިވެސް ރައްޔިތުންނާއި ޚާއްޞަކޮށް ޒުވާނުންނާއި ގުޅިވަޑައިގެން ކަންކަން ކުރައްވާ ޒުވާނެ ލީޑަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ