ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން މެޗު ބައްލަވަން

ރާއްޖޭގައި އުފައްދާފައިވާ، ލިވަޕޫލްގެ ރަސްމީ ފޭން ބޭސްގެ މެންބަރުންނާއެކު، ލިވަޕޫލްގެ މެޗު ބެއްލެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައްޔާރުވެވަޑައިގެންފި އެވެ.
ލިވަޕޫލްގެ ރާއްޖޭގެ އޮފިޝަލް ފޭނުންގެ ވައިބާ ގުރޫޕަށް ރައީސް މައުމޫން ކުރެއްވި މެސެޖުގައި، އެމަނިކުފާނު ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ، ޕްރިމިއާ ލީގްގައި، ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓަޑްގެ މެޗު ބަލާލުމަށް އެ ގުރޫޕްގައި ހިމެނޭ މެންބަރުންނަށް ދައުވަތު ދެއްވާފަ އެވެ. މެޗު ބެލުމުގެ އިންތިޒާމު ހަމަޖައްސަނީ ސޯލްޓް ކެފޭގަ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި، މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގަޑިން 9:00 ގަ އެވެ. އެމަނިކުފާން ވަނީ ގުރޫޕްގައި ހިމެނޭ މެންބަރުންނަށް 8:30 ސޯލްޓް ކެފޭ އަށް އައުމަށް ދައުވަތު އަރުވާފަ އެވެ. ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރިމަތިލުންތަކަކީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި ކުރިމަތިލުމެވެ.
ރައީސް މައުމޫންނަކީ ޒަމާނުން ސުރެ ލިވަޕޫލްގެ ސަޕޯޓަރެކެވެ. ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑް 2015 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލުމުން ރައީސް މައުމޫން ވަނީ ޖެރާޑަށް ހާއްސަ ޓްރިބިޔުޓް ޓްވީޓެއް ކުރައްވާފަ އެވެ.
ޖެރާޑަށް ރައީސް މައުމޫން ކުރެއްވި ޓްވީޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ